ދިވެހިރާއްޖޭގައި ދުންފަތް ކޮންޓްރޯލްކުރުމަށް
ކުރެވިފައިވާ މަސައްކަތްތަކާއި ޙާޞިލްކުރެވިފައިވާ ކާމިޔާބީތައް
Ø 1979 : ދުންފަތުގެ ހުރިހާ ބާވަތަކުން ނަގާ އިމްޕޯޓް ޑިއުޓީ %30
އިތުރުކުރެވުނު!
Ø 1982 : ދުންފަތުގެ އިސްތިޢުމާލު ނުކުރުމަށާއި، ދުންފަތުގެ ބޭނުން
ނުކުރުމަށް ރައީސުލް ޖުމުހޫރިއްޔާ ގޮވާލެއްވި! މިގޮވާލެއްވުމާއި ގުޅިގެން
ދުންފަތުން ލިބޭ ޞިއްޙީ ގެއްލުންތަކާމެދު ޢާންމުން ހޭލުންތެރިކުރުވުން ހަރުދަނާ
ކުރެވުނު!
Ø 1984 : ގައުމީ ޓީވީ އަދި ގައުމީ ރޭޑިޔޯ އިން ދުންފަތުގެ
އިޝްތިހާރުކުރުން މަނާކުރެވުނު!
Ø 1991 : ދުންފަތުގެ ބާވަތްތައް 16 އަހަރުން ދަށުގެ ކުޑަކުދިންނަށް
ވިއްކުމަކީ ގާނޫނީ ކުށެއްކަން ކަނޑައެޅުން!
Ø 1991 : ދުންފަތުގެ ހުރިހާ ބާވަތަކުން ނަގާ އިމްޕޯޓް ޑިއުޓީ %50
އިތުރުކުރެވުނު!
Ø 1993: ޞިއްޙީ ޚިދުމަތްދޭ ހުރިހާ ތަނެއްގައި ދުންފަތުގެ
އިސްތިޢުމާލުކުރުން މަނާކުރެވުނު!
Ø 1993 : މ. އަތޮޅު މަޑިފުއްޓަކީ(1) ދުންފަތުގެ އިސްތިޢުމާލުކުރާ
މީހުން ނޫޅޭ ރަށެއްގެ ގޮތުގައި އިޢުލާން ކުރެވުނު!
Ø 1994 : ދުންފަތުގެ ޙާލަތު ދެނެގަތުމަށް ސާރވޭ އެއް ކުރެވުނު!
Ø 1994 : ދުންފަތުގެ އިޝްތިހާރު އެއްވެސް ސިފައެއްގައި ކުރުން
މަނާކުރެވުނު!
Ø 1994 : ތައުލީމީ މުއައްސަސާ ތަކުގެ ތެރޭގައި ދުންފަތުގެ
އިސްތިޢުމާލުކުރުން މަނާކުރެވުނު!
Ø 1994 : ހއ. ބެރިންމަދޫ އަކީ ދުންފަތުގެ އިސްތިޢުމާލުކުރާ މީހުން
ނޫޅޭ ރަށެއްގެ ގޮތުގައި އިޢުލާން ކުރެވުނު!
Ø 1995 : ކުޅިވަރު ކުޅޭ ތަންތަނުގައި ދުންފަތުގެ އިސްތިޢުމާލުކުރުން
މަނާކުރެވުނު!
Ø 1996 : ހައިލެވެލްގެ އިންޓަރސެކްޓޯރަލް އެންޓި ޓޮބޭކޯ ކޮމިޓީ
އުފެއްދެވުން
Ø 1997 : ދުންފަތުގެ ހާލަތާއި، ދުންފަތާއި މެދު ހޭލުންތެރިކުރުވުމަށް
ސާރވޭއެއް ހިންގުނު!
Ø 1997 : އޭރުގެ ހެލްތު މިނިސްޓަރަށް ދުނިޔޭގެ ޞިއްޙަތު
ޖަމްޢިއްޔާއިން ދޭ "ޓޮބޭކޯ ހެލްތު އެވޯޑް" ލިބުނު!
Ø 1997 : އެއާކޯންކޮށްފައިވާ ރެސްޓޯރަންޓް ތަކާއި، އެއްގަމު އުޅަނދު
ފަހަރުގައި ދުންފަތުގެ އިސްތިޢުމާލުކުރުން މަނާކުރެވުނު
Ø 1997 : ދުންފަތުގެ އިސްތިޢުމާލުކުރުން ކޮންޓްރޯލްކޮށް،
އެބޭނުންކުރުން މަދުކުރުމަށް މަސައްކަތްކުރާ ޖަމްއިއްޔާ، ޖަމާއަތް ނުވަތަ
ފަރުދަކަށް 25000 ރުފިޔާގެ އިނާމު ދޭ އަހަރީ އެވޯޑެއް އޭޑީކޭ ހޮސްޕިޓަލުން
ތަޢާރަފުކުރި!
Ø 1998 : ފެރީތަކުގައި ދުންފަތުގެ އިސްތިޢުމާލުކުރުން މަނާކުރެވުނު!
Ø 1998 – 1999 : ދުންފަތުގެ އިސްތިޢުމާލުކުރުމާއި ދެކޮޅަށް ސުކޫލް
ތަކުގެ ކުދިންނަށް އަމާޒުކޮށްގެން ހިންގޭ ހަރަކާތްތައް ހަރުދަނާކުރެވުނު!
Ø 1999 : ސަރުކާރު މުއައްޒަފުންގެ މެދުގައި ދުންފަތް ބޭނުންކުރުން
އޮތް މިންވަރު ދެނެގަތުމަށް ދެވަނަ ސާރވޭއެއް ކުރެވުނު
Ø 2000 : ތަފާތު 4 ރަށެއްގެ އަންހެންވެރިން ދުންފަތުގެ އިސްތިޢުމާލުކުރުން
ހުއްޓާލިކަން އިޢުލާންކުރި!
Ø 2000 : ދުންފަތުގެ އިސްތިޢުމާލުނުކުރާ ގޭބިސީ ތަކަށް އެކަމުގެ
ހަދާނީ ލިޔުން ހެލްތު މިނިސްޓްރީން ދޭންފެށި!
Ø 2000 : ދުންފަތުގެ ބާވަތްތަކުން ނަގާ އިމްޕޯޓް ޑިއުޓީ 3 ގުނަ
އިތުރުކުރެވުނު!
Ø 2000 : މުޅި ރާއްޖޭގެ ހުރިހާ ސުކޫލްތަކަށް އަމާޒުކޮށްގެން އެންޓި
ޓޮބޭކޯ ސުކޫލް ޕްރޮގްރާމް ފެށުނުނ!
Ø 2000: ތައުލީމީ މުއައްސަސާތަކުގެ 100 މީޓަރާއި ކައިރި ހިސާބުގައި
ދުންފަތުގެ އިސްތިއުމާލުކުރުން މަނާކުރެވުނު!
Ø 2000 : ފިންލޭންޑް ގެ ކޭޓީއެލް އާއި ގުޅިގެން "ހުއްޓައިގެން
ހޯދާ" މިނަމުގައި ދުންފަތުގެ އިސްތިޢުމާލުކުރުން ހުއްޓާލުމަށް ޕްރޮގްރާމެއް
ހިންގުނު!
Ø 2000 : މ. މަޑިފުއްޓަށް ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާއިން
"ޓޮބޭކޯ ފްރީ ވޯލްޑް 2000 އެވޯޑް" ދެވުނު!
Ø 2000 : ދުންފަތުގެ އިގުތިޞާދު ގެ މައްޗަށް ދުނިޔޭގެ ޞިއްޙަތު
ޖަމްޢިއްޔާއާއި ގުޅިގެން ސާރވޭއެއް ކުރެވުނު!
Ø 2000 : ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާގެ ދެކުނު އޭޝިޔާ ސަރަހައްދީ
އޮފީހުން ހިންގި "އެންޓި ޓޮބޭކޯ ކެމްޕޭން"ގެ ހަރަކާތްތައް ރާއްޖޭގައި
ހިންގުނު!
Ø 2000 : ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާ އިން ކަނޑައަޅާފައިވާ
ދުންފަތާއި ދެކޮޅަށް މަސައްކަތްކުރާ "ގުޑްވިލް އެމްބެސެޑަރ" ހޮލީވުޑްގެ
ފިލްމީ ތަރި "އެލެން ލެންޑަރސް" ރާއްޖެއަށް ޒިޔާރަތްކުރި!
Ø 2001 : ދުންފަތުގެ ހާލަތާއި، ދުންފަތާއި މެދު ހޭލުންތެރިކުރުވުމަށް
ދެވަނަ ސާރވޭއެއް ހިންގުނު!
Ø 2001 : ދުނިޔޭގެ ދުންފަތުގެ އިސްތިޢުމާލުނުކުރާ ދުވަސް
ފާހަގަކުރެވުނު! ބޮޑަށް އަމާޒުކުރެވުނީ ދުންފަތާއި މެދު އާންމުން
ހޭލުންތެރިކުރުވުމުގެ މައްޗަށް! އެގޮތުން އެފަދަ ޕްރޮގްރާމް ރޭޑިޔޯ، ޓީވީ އިން
ފޮނުވައި، ނޫސްތަކުގައި ލިޔެ، އަދި ސުކޫލް ކުދިންނަށް މައުލޫމާތު ދެވުނު!
Ø 2001 : ދުނިޔޭގެ ދުންފަތުގެ އިސްތިޢުމާލުނުކުރާ ދުވަހަކީ
"ދުންފަތުގެ ވިޔަފާރި ނުކުރާ ދުވަހެއް" ގެ ގޮތުގައި ކަނޑައެޅި!
Ø 2001 : ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާއިން ދޭ "ނޯ ޓޮބޭކޯ
ހެލްތު އެވޯޑް" އޭރު އެޑިޔުކޭޝަނަށް މިނިސްޓަރަށް ލިބުނު!
Ø 2002 : އޭރު މިނިސްޓަރ އޮފް އިންފޮމޭޝަން އާޓްސް އެންޑް ކަލްޗަރ
އިބްރާހިމް ހުސައިން މަނިކަށް "ވޯލްޑް ޓޮބޭކޯ ފްރީ ހެލްތު އެވޯޑް" ދެވުނު!
Ø 2002 : ދުނިޔޭގެ ދުންފަތުގެ އިސްތިޢުމާލު ނުކުރާ ދުވަހު ބ.
އޭދަފުށީގައި އެންޓި ޓޮބޭކޯ ބިލްބޯޑް ބެހެއްޓުނު!
Ø 2002 : ހއ. ހަތިފުއްޓަކީ(2) ދުންފަތުގެ އިސްތިޢުމާލު ނުކުރާ
ރަށެއްކަމަށް ކަނޑައަޅައި ރައީސުލް ޖުމުހޫރިއްޔާ އެކަމުގެ އެވޯޑް އެރަށަށް ދެއްވި!
Ø 2002 : ފިންލޭންޑް ގެ ކޭޓީއެލް އާއި ގުޅިގެން "ހުއްޓައިގެން
ހޯދާ" މިނަމުގައި ދުންފަތުގެ އިސްތިޢުމާލުކުރުން ހުއްޓާލުމަށް ޕްރޮގްރާމެއް
ދެވަނަ ފަހަރަށް ހިންގުނު!
Ø 2002 : 4 ނޮވެމްބަރު ގައި ގދ.ތިނަދޫގައި އެންޓި ޓޮބޭކޯ ބިލްބޯޑް
ބެހެއްޓުނު!
Ø 2003 : ދުނިޔޭގެ ދުންފަތުގެ އިސްތިޢުމާލުނުކުރާ ދުވަސް
ދ.ކުޑަހުވަދޫގައި ފާހަގަކުރެވުނު!
Ø 2003 : ދުންފަތާއި ދެކޮޅަށް ހޭލުންތެރިކުރުވުމުގެ ވޯރކްޝޮޕެއް
ދ.ކުޑަހުވަދޫގައި ބޭއްވުނު!
Ø 2003 : ދުނިޔޭގެ ދުންފަތުގެ އިސްތިޢުމާލު ނުކުރާ ދުވަހު
ދ.ކުޑަހުވަދޫގައި އެންޓި ޓޮބޭކޯ ބިލްބޯޑް ބެހެއްޓުނު!
Ø 2003 : ހދ. ނޮޅިވަރަންފަރު އަކީ ދުންފަތުގެ އިސްތިޢުމާލު ނުކުރާ
ރަށެއްކަމަށް ކަނޑައެޅުނު!
Ø 2004 : ފިންލޭންޑް ގެ ކޭޓީއެލް އާއި ގުޅިގެން "ހުއްޓައިގެން
ހޯދާ" މިނަމުގައި ދުންފަތުގެ އިސްތިޢުމާލުކުރުން ހުއްޓާލުމަށް ޕްރޮގްރާމެއް 3
ވަނަ ފަހަރަށް ހިންގުނު!
Ø 2004 : ދުނިޔޭގެ ދުންފަތުގެ އިސްތިޢުމާލުނުކުރާ ދުވަސް
ށ.ފުނަދޫގައި ފާހަގަކުރެވުނު!
Ø 2004 : ހއ.ކެލާ، ހއ.ތަކަންދޫ، އަދި ގދ. ވާދޫ އަކީ ދުންފަތުގެ
އިސްތިޢުމާލުކުރާ އަންހެނުން ނޫޅޭ ރަށްތައް ކަމުގައި ކަނޑައެޅުނު!
Ø 2004 : 17 މޭގައި ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާއިން
ކަނޑައަޅާފައިވާ ބައިނަލް އަގްވާމީ ދުންފަތް ކޮންޓްރޯލް ކުރުމުގެ މުއާހަދާ
"ފްރޭމްވޯރކް ކޮންވެންޝަން އޮން ޓޮބޭކޯ ކޮންޓްރޯލް" ގައި
ދިވެހިރާއްޖެއިން ސޮއިކުރި!
Ø 2004 : 20 މޭގައި ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާއިން
ކަނޑައަޅާފައިވާ ބައިނަލް އަގްވާމީ ދުންފަތް ކޮންޓްރޯލް ކުރުމުގެ މުއާހަދާ
"ފްރޭމްވޯރކް ކޮންވެންޝަން އޮން ޓޮބޭކޯ ކޮންޓްރޯލް" ދިވެހިރާއްޖެއިން
ތަޞްދީޤުކުރި!
Ø 2004 : ދުންފަތް ކޮންޓްރޯލް ކުރުމަށް ކުރާ މަސައްކަތަށް އޭޑީކޭ
ހޮސްޕިޓަލަށް "ވޯލްޑް ނޯޓޮބޭކޯ އެވޯޑް" ލިބުނު!
Ø 2005 : ފެބުރުއަރީ މަހުގެ ތެރޭގައި ބައިނަލް އަގްވާމީ ދުންފަތް
ކޮންޓްރޯލް ކުރުމުގެ މުއާހަދާގެ ދަށުން ދުންފަތުގެ ބާވަތްތައް ވިއްކާއިރު އެ
އުފެއްދުންތަކުގެ ބޭރުގައި އިންޒާރުގެ ޞިއްޙީ މެސެޖުތައް ލިޔުން މަޖުބޫރުކުރި!
Ø 2006 : ދުންފަތް ކޮންޓްރޯލް ކުރުމަށް މައުލޫމާތު ހިމެނޭ ޕެކޭޖެއް
ތައްޔާރުކޮށް ސުކޫލްތަކަށް ބެހުނު!
Ø 2006 : ދުންފަތް ކޮންޓްރޯލް ކުރުމުގެ ބިލްގެ ޑްރާފްޓް
ފައިނަލްކުރެވުނު!
Ø 2009 : ދުންފަތް ކޮންޓްރޯލް ކުރުމުގެ ބިލް މަޖުލީހަށް ހުށަހެޅުނު!
Ø 2010 : ދުނިޔޭގެ ދުންފަތުގެ އިސްތިޢުމާލު ނުކުރާ ދުވަހު ގދ. ތިނަދޫ
އަށް "ވޯލްޑް ނޯޓޮބޭކޯ އެވޯޑް" ދެވުނު!
Ø 2010 : އޮގަސްޓް 2 ގައި ރައްޔިތުންގެ މަޖުލީހުން ދުންފަތް
ކޮންޓްރޯލް ކުރުމުގެ ބިލް ފާސްކުރި!
Ø 2010 : އޮގަސްޓް 18 ގައި ދުންފަތުގެ ގާނޫނު ތަޞްދީގުކޮށް
ގެޒެޓްކުރެވުނު!
Ø 2010 : ސެޕްޓެމްބަރު މަހުގެ ތެރޭގައި ދުންފަތުގެ ގާނޫނުގެ ދަށުން
އުފައްދަން ޖެހޭ ޓޮބޭކޯ ކޮންޓްރޯލް ބޯޑު އެކުލަވާލެވުނު!
Ø 2011 : މޭގައި ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާއިން ހެލްތު މިނިސްޓަރ
ޑރ އާމިނަތު ޖަމީލަށް "ވޯލްޑް ނޯޓޮބޭކޯޑޭ ހެލްތު އެވޯޑް" ދެވުނު!
Ø 2011 : އޮގަސްޓް 17 ގައި ދުންފަތް ކޮންޓްރޯލް ބޯޑުން އެކުލަވާލި
ދުންފަތް ކޮންޓްރޯލް ކުރުމުގެ ގަވާޢިދުތައް ރައީސް އޮފީހަށް ފޮނުވުނު!
Ø 2011 : 21 ނޮވެމްބަރު ގައި ރައްޔިތުން މަޖުލީހުން ދުންފަތުގެ
ބާވަތްތަކުން ނަގާ ޑިއުޓީ މަތިކުރުމަށް ނިންމި! އެގޮތުން ސިގިރޭޓުން 200
އިންސައްތަ އަދި ދުންފަތުގެ އެހެން ބާވަތްތަކުން 150 އިންސައްތަ އިތުރުކުރެވުނު!
Ø 2012 : ދުންފަތް ކޮންޓްރޯލް ކުރުމުގެ ގާނޫނު ރައްޔިތުންގެ
މަޖުލީހުން ފާސްކޮށް ރައީސުލް ޖުމުހޫރިއްޔާ ތަޞްދީޤުކުރެއްވުން
Ø 2013 : ޢާންމު ތަންތަނާއި، ސުކޫލް މަދަރުސާ، ސައި ހޮޓާ
ރެސްޓޯރަންޓް ފަދަ ތަންތަނުގައި ވަކި ޚާއްޞަ ހުއްދައެއްގެ ދަށުން މެނުވީ
ދުންފަތުގެ އިސްތިޢުމާލުކުރުން މަނާކުރާ ގަވާޢިދު ތަންފީޒުކުރަން ފެށުން
ނޯޓް: މިއީ ސީސީއެޗްޑީސީގެ
ލިޔުމަކުން ނަގާފައިވާ މަޢުލޫމާތެވެ.
No comments:
Post a Comment