ދުންފަތުގެ އިސްތިޢުމާލުކުރުން ހުއްޓާލުމުން ލިބޭ
ފައިދާތައް
*
20 މިނިޓް ފަހުން : ހިތުގެވިންދު، ލޭގެ ޕްރެޝަރު ދަށްކުރުވައެވެ
* 12 -8 ގަޑިއިރު ފަހުން : ލޭގައި ހުންނަ ކާބަން މޮނޮކްސައިޑްގެ
މިންވަރު ހަމައަކަށް އެޅެއެވެ.
* 3 ދުވަހުގެ ތެރޭގައި: ނޭވާލާން ފަސޭހަވާން ފަށައެވެ.
* 2ހަފްތާ – 3 މަހާ ދޭތެރޭގައި
: ހިތް ހުއްޓުމުގެ ފުރުޞަތު ދަށްވާން ފަށައެވެ. އަދި ލޭހިނގުން އަވަސްވެ،
ފުއްޕާމޭގެ ބާރުގަދަވެ، ފުއްޕާމޭގެ މަސައްކަތް ރަގަޅުވާން ފަށައެވެ.
* 9-1 މަސް ފަހުން:ކެއްސުމާއި ނޭވާކުރުވުން ކުޑަވެ ރަގަޅުވާން
ފަށައެވެ. ނޭވާލާ ނިޒާމުގެ ބައިތަކުގައި ހިމެނޭ ނަރުވާތަކުގެ މަސައްކަތް އަލުން
ފަށައި، ފުއްޕާމެއިން ދަވަތައް ބޭރުކޮށް ފުއްޕާމޭސާފުކޮށްދީ،ފުއްޕާމޭގެ މަސައްކަތް
ހަލުވިކޮށްދެއެވެ.
* 1 އަހަރު ފަހުން : ހިތުގެ ބަލި ޖެހުމުގެ ފުރުޞަތު %50 ދަށްކޮށްދެއެވެ.
* 5 އަހަރު ފަހުން : 15-5 އަހަރާ ދޭތެރޭ ސްޓްރޯކްޖެހުމުގެ ފުރުޞަތު
ދުންފަތުގެ އިސްތިޢުމާލުނުކުރާ މީހެކޭ އެއްވަރަށް ދަށްވެއެވެ. އަދި ރަހިމުގެ
ދޮރަށް ކެންސަރު ޖެހުމުގެ ފުރުޞަތު ވެސް ސިގިރޭޓް ނުބޯމީހެކޭ އެއްވަރަށް ދަށްވެއެވެ.
* 10 އަހަރު ފަހުން: ފުއްޕާމޭގެ ކެންސަރުގައި މަރުވުމުގެ ފުރުޞަތު %50
ދަށްވެއެވެ. އަނގަ، ކަރު، ކާތަކެތި ހިނގާހޮޅި، ލަގޮނޑި، މަސާނާ، ގުރުދާ، ޗިސްމޭ
އަށް ކެންސަރު ޖެހުމުގެ ފުރުޞަތު ދަށްވެއެވެ.
* 15 އަހަރު ފަހުން : ހިތުގެ ބަލި ޖެހުމުގެ ފުރުޞަތު ދުންފަތުގެ
އިސްތިޢުމާލުނުކުރާ މީހެކޭ އެއްވަރަށް ދަށްވެއެވެ.
* މީގެ އިތުރުން:-
Ø
ވަސްދުވުން ރަގަޅުވުން
Ø
ދަތްތައް ހުދުވުން
Ø
ގައިން ނުބައިވަސް ދުވުން ހުއްޓުން
Ø
ނިޔަފަތީގައި ހުންނަ ރީނދޫކުލަ ފިލައިދިއުން
Ø
ކާތަކެތީގެ ރަހަ ރަގަޅުވުން
Ø
ނޭވާލާއިރު ނުބައިވަސް ދުވުން ހުއްޓުން
Ø
އެހެންކަންކަން ކުރާނެ ހަކަތައާއި ބާރު ހަށިގަނޑަށް ލިބުން
Ø
ދަރިންނަށް ނަމޫނާ ބަޔަކަށްވުން
Ø
ދުންފަތަށް ޚަރަދުވާ ފައިސާ ސަލާމަތްކުރެވުން
Ø
އެހެން މީހުން ދުންފަތުގެ ނުރައްކަލުން ސަލާމަތް ކުރެވުން

No comments:
Post a Comment